މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ރަޖިސްޓްރޭޝަން އޮފިސަރ

މަޤާމު

އެސިސްޓެންޓް ރަޖިސްޓްރޭޝަން އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް. 3 (ޖެނެރަލް ސަރވިސް 3)

ވަޒީފާގެ ބާވަތް

ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ)

 

މުސާރަ

މަސައްކަތްކުރާ ގަޑިއިރަކަށް 23/86 ދިވެހިރުފިޔާ (ގިނަވެގެން މަހަކު 250 ގަޑިއިރު)

ސެކްޝަން/ އޮފީސް/ ތަން

ލޭންޑް ޓްރާންސްޕޯޓް ސެކްޝަން / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ

މަޤާމުގެ މަސްއޫލިއްޔަތު

އެއްގަމު ލައިސަންސް ނެގުމަށް ހަދާ ޑްރައިވިންގ ޓެސްޓް ހަދަން ބޭނުންވެގެން ނޯޓްކޮށްފައިވާ ފަރާތްތަކުގެ ލިސްޓް ޖެހުމާއި އެލިސްޓްގައި ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ސިސްޓަމަށް އެޅުން އަދި ލައިސަންސްގެ މައްސަލަތަކާ ބެހޭގޮތުން އޮފީހަށް އަންނަ ސިޓީތަކަށް ޖަވާބުދިނުން.

މަސައްކަތުގެ މުއްދަތު

1 (އެކެއް) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އޮތޯރިޓީން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރު އޮންނާނެއެވެ.)

މަޤާމުގެ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

  ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީ

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި)

ނޯޓް: މިއޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގ، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ގިނަވެގެން 15 ދުވަސް (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގގެ 01 ވަނަ ފަންގިފިލާ، މާލެ

އިތުރު މަޢުލޫމާތު

1- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.

2- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓް ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.

3- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.

17 ސެޕްޓެންބަރު 2015
ހޯދާ