މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ (ސީއެސް 9-2)

މަޤާމު:

ލީގަލް އޮފިސަރ (ސީއެސް 9-2)

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

މުސާރަ:

-/10,020 ރުފިޔާ

ސާރވިސް އެލަވަންސް:

ދުވާލަކަށް -/120 – -/188 ރުފިޔާ އާ ދެމެދު

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ލީގަލް އެފެއާޒް

މަޤާމުގެ ޝަރުޠު:

  • ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ޤާނޫނީ ލަފާދިނުމާއި ޤާނޫނީ ލިޔެކިޔުންތައް އެކުލަވާލައި ތައްޔާރުކުރުން، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވުމާ ބެހޭގޮތުން ސަރުކާރަށް ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން، މިނިސްޓްރީއާއި އެހެނިހެން ފަރާތްތަކާ ދެމެދު ކުރެވޭ އެއްބަސްވުންތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފަޔާއި އިރުޝާދު ދިނުން މިނިސްޓްރީން އެކުލަވާލައި، ގަވާއިދުގެ ދެލިކޮޕީތައް ބަލައި، އެ ގަވާއިދުތަކަށް ޢަމަލުކުރަން ފެށުމާ ބެހޭގޮތުން ޤާނޫނީ ލަފަޔާއި އިރުޝާދު ދިނުން.
  • މިނިސްޓްރީގެ އިދާރާތަކަށް ބޭނުންވާނެ ބިލްތައް އެކުލަވާލުމުގައާއި ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް ހެދުމުގައި އެކިއެކި އިދާރާތަކަށް ބޭނުންވާ ލަފާ (ލެޖިސްލޭޓިވް އެޑްވައިޒް) ދިނުމާއި މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ބިލްތައް އެކުލަވާލައި ތައްޔާރުކުރުން.

މީގެ އިތުރުން:

  • ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމުގައި މިނިސްޓްރީން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން؛
  • ދައުލަތުގެ ނަމުގައި ދޫކުރާ ގެރަންޓީތަކާ ގުޅިގެން މިނިސްޓްރީން ކުރާ މަސައްކަތުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން
  • މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެގްރިމެންޓްތަކާއި، އެމް.އޯ.ޔޫ ތަކާއި، އެފަދަ ޤާނޫނީ ލިޔުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރުމުގެ ކުރިން، އެ ލިޔުންތައް ދިރާސާކޮށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން؛
  • މިނިސްޓްރީއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ބަލައި އެފަދަ ޤާނޫނުތަކަށް ނުވަތަ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމަށް ހުށަހެޅުން ނުވަތަ ލަފާދިނުން؛
  • މިނިސްޓްރީއަށް ބޭނުން އެހެނިހެން ޤާނޫނީ ލަފާދިނުން؛
  • މިނިސްޓްރީން ޑްރާފްޓްކުރާ ޤާނޫނީ ލިޔުންތައް ޑްރާފްޓްކުރުމާއި، ދިރާސާކުރުމާއި، އެފަދަ ލިޔުންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން؛
  •  ޝަރުޢި ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި މިނިސްޓްރީ ތަމްސީލުކުރަންޖެހޭ ޙާލަތްތަކުގައި މިނިސްޓްރީގެ ފަރާތުން ކޯޓަށް ހާޒިރުވެ މިނިސްޓްރީ ތަމްސީލުކުރުން؛
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް އުފެއްދުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދު މުރާޖަޢާކޮށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިއްސާގެ މުޢާމަލާތްކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތައް ހިންގުމުގައި ދިމާވާ މައްސަލަތަކުގައި، މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން، ކުންފުންޏެއް އުވާލަން ޖެހިއްޖެނަމަ އެކަމުގައި މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
  • ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ޕްރައިވެޓައިޒް ކުރާނަމަ، އެކަމަށް މިނިސްޓްރީއަށް ބޭނުންވާ ޤާނޫނީ ލަފާދިނުން
  • ލީގަލް އެފެއާޒްގެ މުވައްޒަފުންނާބެހޭ އެންމެހާ ކަންތައްތަކުގައާއި އަދި މުވައްޒަފުން ބިނާކުރުމަށް ލީގަލް އެފެއާޒުގެ ހެޑްގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން

އުޖޫރައާއި އިނާޔަތްތައް:

- ސްޕެޝަލް ޑިއުޓީ އެލަވަންސެއްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

- ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

- އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން (އެސެސްމަންޓް ރިޕޯޓް ހުށަހަޅުއްވާނަމަ ކޯސް ނިންމިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް ހުށަހެޅުން)، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު.

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

11  އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

4 ޛުލްޙިއްޖާ 1436  

17 ސެޕްޓެންބަރު 2015
ހޯދާ