ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓަށް ލަގޭޖް ބެލްޓް ހޯދުމާބެހޭ

ފުވައްމުލަކު އެއަރޕޯޓަށް ލަގޭޖް ބެލްޓް ހޯދުމާ ބެހޭ

ފުވައްމުލަކު އެއަރޕޯޓަށް ލަގޭޖް ބެލްޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL)448/1/2015/98) އަށް ހަވާލާދީ ދަންނަވަމެވެ. 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން، ފުވައްމުލަކު އެއަރޕޯޓަށް ހޯދޭ ލަގޭޖް ބެލްޓާ ބެހޭގޮތުން މަޢުލޫމާތުދިނުން މިހާރުވަނީ ބަދަލުވެފައެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

30 ޛުލްޤަޢިދާ 1436

14 ސެޕްޓެންބަރު 2015
ހޯދާ