ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސެޓް މެނޭޖްމަންޓް ޓްރޭނިންގ ހިންގުމަށް ބޭނުންވާ ފައިނޭންސް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން ޓްރޭނިންގ މޮޑިއުލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ލޯކަލް ކައުންސިލުތަކަށް އެސެޓް މެނޭޖްމަންޓް ޓްރޭނިންގ ހިންގުމަށް ބޭނުންވާ ފައިނޭންސް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން ޓްރޭނިންގ މޮޑިއުލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ލޯކަލް ކައުންސިލުތަކަށް އެސެޓް މެނޭޖްމަންޓް ޓްރޭނިންގ ހިންގުމަށް ބޭނުންވާ ފައިނޭންސް މެނޭޖްމަންޓް ޓްރޭނިންގ މޮޑިއުލް (ޑޭޓާބޭސް/ޕްރޮގްރާމް ހިމެނޭގޮތަށް) އަދި އެޑްމިނިސްޓްރޭޝަން ޓްރޭނިންގ މޮޑިއުލް (ޑޭޓާބޭސް/ޕްރޮގްރާމް ހިމެނޭގޮތަށް) ތައްޔާރުކަށް، މި ދެ ޓްރޭނިންގ މޮޑިއުލް ހިންގުމަށް ބޭނުންވާ މެޓީރިއަލްސް (މެނުއަލް) ތައްޔާރުކުރުމަށްފަހު، ޓީ.އޯ.ޓީ. ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)221-AF/221/2015/65) އާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް (އެޓޮލް ޕޯސްޓް ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 3006724 ނަންބަރު ފޯނާއެވެ. 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް، މި ފުރުޞަތުގައި ދަންނަވަމެވެ.  

1 ޛުލްޙިއްޖާ 1436  

15 ސެޕްޓެންބަރު 2015
ހޯދާ