އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ތަކެތި ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކޮމިޝަނަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު A/IUL/2015/46-ފ123 (31 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

Type

Qty

Category

Server UPS

1

1

Backup Software

1

2

 

 

 

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

03 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ