ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ ގރ. 1

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ. 1 

އަދަދު: 3

މުސާރަ: 3240.00ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް ( 1 އަހަރު ދުވަހަށް)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 137 (ސ. ހިތަދޫ) ފިހާރަ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ޑެލިވަރ ކުރުމުގެ މަސައްކަތް
  • މުދާ ގުދަނުގެ މަސައްކަތް
  • ކަސްޓަމަރުންނަށް މުދާ ޑެލިވަރ ކުރުމުގައި އެހީތެރިވުން
  • ފިހާރައިގެ އެހެނިހެން މަސައްކަތުގައި އެހޮތެރިވުން
  • ފިހާރަ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުން

ތަޢުލީމާއި ތަޖުރިބާ:

ގްރޭޑް 7 ގެ ފެންވަރު ހުރުން

މިދާއިރާގައި މަސައްކަތުގެ ތަޖުރިބާލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 30ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 137 ނަންބަރު ފިހާރަ (ސ. ހިތަދޫ)ފިހާރައިންނާއި އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ– 20345

ނުވަތަ އެސްޓީއޯ 137 ފިހާރަ، ސ. ހިތަދޫ

ފޯން: 3344273، ވެބްސައިޓް: www.stomaldives.com

14 ސެޕްޓެންބަރު 2015
ހޯދާ