މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ޢިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަމުން ވިޔަފާރީގެ އުސޫލުން ޚިދުމަތް ދިނުން

ޢިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަމުން ވިޔަފާރީގެ އުސޫލުން ޚިދުމަތް ދިނުމަށް 15 ސެޕްޓެންބަރު 2015 ގައި މިކުންފުންޏަށް ވަނީ ހަވާލުކުރައްވާފައެވެ.

ވުމާއެކު 16 ސެޕްޓެންބަރު 2015 އިން ފެށިގެން ޢިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަން ބޭނުން ކުރެވޭނީ މިކުންފުނިން ދޫކުރާ، "ޢިއްޒުއްދީން ބަނދަރު ބޭނުންކުރުމުގެ ހުއްދަ" އޮންނަ އުޅަނދުފަހަރަށެވެ. މިހުއްދަ ނުހޯއްދަވާ އުޅަނދެއް ޢިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަން ބޭނުން ކުރުމަކީ މަނާކަމެކެވެ.

އިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަމުގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މިކުންފުނީގެ ޓްރާންސްޕޯޓް ސާވިސް ޑިޕާރޓްމަންޓް (ފެންނާ ގިމަތަ) އަށް ވަޑައިގެން އުޅަނދު ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ. އަދި އުޅަނދު ރަޖިސްޓަރީ ކުރައްވަން ވަޑައިގަންނަވާއިރު، ރަޖިސްޓަރީކުރަން ބޭނުންފުޅުވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

ޢިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަމުން ނެގުމަށް ހަމަޖެހިފައިވާ އަގުތައް ތިރީގައި މިވަނީއެވެ.

  1. މަހުފީ:     ރަޖިސްޓަރީ ކުރައްވާ ކޮންމެ އުޅަނދަކަށް ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން
  2. ވަގުތީ ހުއްދަ: ފާލަމަށް ގާތްކުރާ ކޮންމެ ފަހަރަކަށް -/500 ރުފިޔާ

އަދި ދަންނަވަމެވެ. ޢިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަން ބޭނުން ކުރެވޭނީ ހަމައެކަނި ފަސިންޖަރުން އަރުވާ ބޭލުމަށެވެ. އަދި ކޮންމެ އުޅަނދެއްވެސް ޢިއްޒުއްދީން ފާލަމާއި، 1 ނަންބަރު އަދި 2 ނަންބަރު ފާލަމުގައި މަޑުކުރެވޭނީ ގިނަވެގެން 15 މިނެޓަށެވެ. 

ވީމާ، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޢިއްޒުއްދީން ބަނދަރުގެ ހޮޓްލައިން ނަންބަރު 7926767 އަށް ގުޅުއްވުން އެދެމެވެ.

ޝުކުރިއްޔާ

15 ސެޕްޓެންބަރު 2015
ހޯދާ