މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، ކޯޕަރޭޓް ކޮމިއުނިކޭޝަން

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އޮފިސަރ، ކޯޕަރޭޓް ކޮމިއުނިކޭޝަން                

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ ކޯޕަރޭޓް ކޮމިއުނިކޭޝަން

ޝަރުޠު:

  • ބެޗްލަރސް ޑިގްރީ ނުވަތަ ޑިޕްލޮމާއިން މާސް ކޮމިއުނިކޭޝަން/ ޖަރނަލިޒަމް/ މާކެޓިންގ/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭދާއިރާއަކުން މިފެންވަރުގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
  • މާކެޓިންގ/ޖާނަލިޒަމް ނުވަތަ ޕަބްލިކް ރިލޭޝަންސް މިއިން ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.
  • އިގިރޭސިބަހުންނާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތު ކުރެވޭފަރާތަކަށްވުން.
  • ވާހަކަދެއްކުމާއި ލިޔުންތެރިކަމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މީހުންނާ ގުޅޭ މިޒާޖެއްގެ، ހީވާގި، ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށް ވުން.
  • އަމިއްލައަށް އިސްނަގައިގެން،  ނިންމަންޖެހޭ ނިންމުންތައް ނިންމައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/11,000 – އާއި -/12,000 ރުފިޔާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސްޕީޗް ޑްރާފްކުރުމާއި، ޕްރެސްރިލިސްއާއި ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި އެހީތެރިވުން.
  • އެމް.އޭ.ސީ.އެލް/އައި.އެން.އޭ އަދި އިންޓަރލޭޝަނަލް/ޑޮމެސްޓިކްގައި ބާއްވާ ހަފްލާތަކާ ބޭހޭ ލިޔެކިއުންތައް ތައްޔާރުކޮށް މީޑިއާއަށާއި ފޮނުވަންޖެހޭ އެހެނިހެން ފަރާތްތަކަށް ފޮނުވުން. 
  • ކޯޕަރޭޓް ކޮމިއުނިކޭޝަންގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  • ޕްރެސް ކޮންފަރެންސް ބޭއްވުމުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ކުރިމަތިލުމުގެ ސުންގަޑި: 14 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު –  3325511

މި މަޤާމްތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

24 ޛުލްޤަޢިދާ 1436ހ.

08 ސެޕްޓެންބަރު 2015
ހޯދާ