މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚުލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އެކައުންޓިން އެންޑް ފައިނޭސް ނުވަތަ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި އޭސީސީއޭ ގެ ފައިނަލް ސްޓޭޖް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރއެސް) އާ އެއްގޮތަށް ތައްޔާރުކޮށް އަދި ފައިނޭންޝަލް ސްޓޭޓްމަންޓްސް ތައް އެނަލައިޒް ކުރުން.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

އޯޕެން މާރކެޓް އޮފަރޭޝަންސް ސެކްޝަން/ ރިޒަރވް މެނޭޖްމަންޓް އެންޑް މާރކެޓް އޮޕަރޭޝަންސް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް އެންޑް ފައިނޭންސް ނުވަތަ އެކައުންޓިން އެންޑް ފައިނޭނސް ނުވަތަ އިކޮނޮމިކްސް އެންޑް ކޮމާރސް ގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި އައިޓީ ދާއިރާގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މަނިޓަރީ ޕޮލިސީ ތަންފީޒު ކުރުމުގައި އެހީތެރިވެދިނުން އަދި މިކަމާގުޅޭ ދިރާސާ ތަކާއި ރިޕޯރޓުތައް ތައްޔާރުކޮށް ޕްރެޒެންޓް ކުރުން.

މަޤާމު:

އޮފިސަރ

ސެކްޝަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ އިންފޮރމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ ގެ އިންފޮރމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑު ތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި މެނޭޖްމެންޓް އާއި ބޯޑުން ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

ހުނަރުވެރިކަން: 

  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަންލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން ލިބެން ހުންނާއެވެ. އަދި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

24 ޛުލްޤަޢިދާ 1437

08 ސެޕްޓެންބަރު 2015
ހޯދާ