ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މިކުންފުނީގެ ފާމަސީތަކަށް ދެއަހަރު ދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަސައްކަތްކުރާ ތަން |
އަސާސީ މުސާރަ |
އަދަދު |
މަޤާމު |
އެސް.ޓީ.އޯ ޏ. ފުވައްމުލައް ފާމަސީ |
-/4350 ރުފިޔާ |
1 |
ފާމަސިސްޓް |
އެސް.ޓީ.އޯ ގއ. ނިލަންދޫ ފާމަސީ |
-/3380 ރުފިޔާ |
1 |
ފާމަސީ އެސިސްޓެންޓް |
އެސ.ްޓީ.އޯ ދ. ރިނބުދޫ ފާމަސީ |
-/3380 ރުފިޔާ |
1 |
ފާމަސީ އެސިސްޓެންޓް |
ފާމަސިސްޓް
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބޭސް ދޫކުރުން
- ހަރުގަނޑުތަކުގައި ބޭސް އެތުރުން
- ކޮންޓްރޯލް ޑްރަގްސް ރިޕޯޓުު ތައްޔާރުކުރުން
- މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓު ތައްޔާރުކުރުން
ތަޢުލީމީ ތަޖުރިބާ: އެޑްވާންސްޑް ސެޓިފިކެޓް ނުވަތަ ޑިޕްލޮމާއިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން
ފާމަސީ އެސިސްޓެންޓް
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބިލް ހެދުން
- މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
- ހަރުގަނޑުތަކުގައި ބޭސް އެތުރުން
- ކްރެޑިޓް ބިލް ޗެކްކުރުން
- އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން
ތަޢުލީމީ ތަޖުރިބާ: ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: -/1500ރ – -/2450ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
- މަތީތަޢުލީމް ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- ޕެންޝަން
- އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2015 ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓް
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344245، ފެކްސް: 3344041، އީމެއިލް: [email protected]