ދިވެހިރާއްޖެ
ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރެއިން 5 މިލިއަނަށްވުރެ ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންސީ ފާރމެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/294) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
14 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 13:00 އަށް |
17 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403, 3341436 ނަންބަރު ފޯނާއެވެ.
24 ޛުލްޤަޢިދާ 1436