މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމުގެ ނަން: މަސައްކަތު

ބޭނުންވާ އަދަދު: 2 (ދޭއް)       

ރޭންކް: އެސް.އެސް 1 ( ސަޕޯޓް ސަރވިސް 1 )

ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

މީގެއިތުރުން އިތުރުގަޑީގައިއާއި، ބަންދު ދުވަހުގައި މަސައްކަތް ކޮށްފިނަމަ ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ އާއި ސިވިލްސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް: ނ.ހެނބަދޫ ކައުންސިލްގެ އިދާރާ/ ނ. ހެނބަދޫ މިސްކިތްތައް (އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލްއިދާރާއިން ކަނޑައަޅާ މިސްކިތެއްގައި، އިމާމް/ މުދިމް އަންގަވާ ގޮތެއްގެ މަތީން މަސައްކަތްކުރުން.
  2. ރަށުކައުންސިލްގެ އިދާރާއިން އިންތިޒާމް ކުރާ ގޮތެއްގެ މަތީން، މިސްކިތް ފޮޅާސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި، އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތާއި މިސްކިތުގެ ގޯތި ތެރެއާއި، މިސްކިތާއިންވެގެން އޮންނަ މަގުތަކުގެ ވިނަނޮޅާ ސާފުކުރުމާއި، ކުނިއުކާލުން ހިމެނެއެވެ.( މީގެތެރޭގައި މިސްކިތުގެ ގޯތިތެރެއާ އިންވެގެން އޮންނަ ޤަބްރުސްތާނު ނުހިމެނެއެވެ.)
  3. މިސްކިތުގެ ވަޅުދިޔަހިއްކާ ސާފުކުރުން.
  4. އިމާމު/ މުދިމު އަންގާގޮތެއްގެމަތީން، ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރިލެވިފައި ހުންނަ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ފަންކާ، ހޮޅިބުރި ކައުންސިލްގެ އިދާރާއިން ހަމަޖައްސަވާ އުސޫލަކުން ދިއްލުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުން ތައް ގަވާއިދުން، އިމާމު/ މުދިމު އަށާއި، ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.
  6. ކައުންސިލްގެ އިދާރާއިން/ އިމާމު/ މުދިމު އަންގަވާ ގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްކޮށާ ފެންދީ ބެލެހެއްޓުން.
  7. މީގެއިތުރުންވެސް މިސްކިތާއި ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގަވާ ކަންތައްތައް ކުރުން.

މަޤާމުގެ އަސާސީ ޝަރުޠު: ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލުކަން.

އިންޓަވިއު ކުރުން

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނ. ހެނބަދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓްކޮށްފައިވާ ލިޔުންތަކާއި، އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި، އައިޑީކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮފީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) އާއެކު ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯމު ފުރުއްވުމަށްފަހު ފޯމުގައިވާ ތަކެއްޗާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ކޯސް ފުރިހަމަކުރުމަށްފަހު، ކޯހުންފާސްވެފައިވާކަމުގެ ލިޔުންލިބިލައްވާފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް އެކްރެޑިޓް ކުރެވޭނެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރާ ''ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓު'' ހުށަހަޅުއްވަންވާނެއެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6560018 ފޯނާ ގުޅުއްވުން އެދެމެވެ.

ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ، ވަޒީފާއަށް އިޢުލާން ކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު، މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، އެފަރާތްތަށް ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓް ލިސްޓްކުރުމުގެ އިޚުތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

22 ޛުލްޤަޢިދާ 1436 

06 ސެޕްޓެންބަރު 2015
ހޯދާ