މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގައި ބައިސްކަލް ދުއްވުމުގެ ހަވީރެއް ބޭއްވުމަށް

2015 ސެޕްޓެންބަރު 12 (ހޮނިހިރު) ދުވަހުގެ 16:00 ން އިން 18:00 އަށް މާލޭގައި ބައިސްކަލް ދުއްވުމުގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، 2015 ސެޕްޓެންބަރު 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު 15:00 ން ފެށިގެން 18:00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އިންޖީނުލީ އެހެން އުޅަނދުތައް މާލޭސިޓީގައި އެދުވަހު އެވަގުތު ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 5/2009 ގެ 5 ވަނަމާއްދާގެ (ރ) ގެ ދަށުން މަނާކަމެއްކަމުގައި ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލާންސް
  3. ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި ޕިކަޕް
  4. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް
  5. ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތުގެ ތެރެއިން މިއޮތޯރިޓީން ހުއްދަދޭ އުޅަނދު
  6. އެދުވަހު އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅނދު

މަތީގައިވާ 6 ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން އެދުވަހުގެ އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޫކުރެވޭނެއެވެ. މިހުއްދަ އެއުޅަނދުތަކުގައި ޢާންމުކޮށް ފެންނަން ހުންނާނޭހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.

މިއެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެކަންވެސް ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

23 ޛުލްޤަޢިދާ 1436

07 ސެޕްޓެންބަރު 2015
ހޯދާ