މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އިންސްޓްރަކްޓަރެއް ހޯދުމަށް

ކިޔަވައިދޭނެ އިންސްޓްރަކްޓަރެއް ބޭނުންވެއްޖެ

މި މަރުކަޒުން 2015ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ފިޓްނަސް އިންސްޓްރަކްޓަރސް ޓްރެއިނިންގ ކޯހުގައި މި މަރުކަޒުން ދޭ ކަރިކިއުލަމާ އެއްގޮތަށް މެޓީރިއަލް ތައްޔާރުކޮށް ކިޔަވައިދެއްވާނެ އިންސްޓްރަކްޓަރެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ ނަން: ސެޓުފިކެޓު 1 އިން ފިޓްނަސް އިންސްޓްރަކްޓަރސް ޓްރެއިނިންގ

ކިޔަވައިދެއްވަން ޖެހޭ ގަޑީގެ އަދަދު: 50

އެލަވަންސް:

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ހ.ބޯޅަގެ)

ޝަރުޠު: ފިޓްނަސް އިންސްޓްރަކްޓަރިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2ގެ ސަނަދެއް ހާސިލުކޮށްފައިވުން

ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކޯހުގެ މޮޑިއުލް:

1- އިންޓްރޮޑަކްޝަން ޓު ފިޓްނަސް

2- ބޮޑީ ކޮމްޕޮސިޝަން އެންޑް ސިސްޓަމް

3- އެނަރޖީ ސިސްޓަމްސް

4- ޖެނެރަލް އެންޑް ސްޕެސިފިކް ފިޓްނަސް

5- ފިޓްނަސް ޓެސްޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ތަޢުލީމީ ސެޓުފިކެޓުތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)

- އިންސްޓްރަކްޓަރ ސީވީ

- އައިޑީކާޑު ކޮޕީ (ދެފުށް ފެންނާނެހެން ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން

  • ސުންގަޑި: 10 ސެޕްޓެންބަރު 2015ވަނަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ ހ.ބޯޅަގެ
  • އިތުރު މަޢުލޫމާތު 3326986 މިނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ