ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިލީގު ކޮލިފައިންގ 3 ވަނަ ޑިވިޜަނުގެ ފުޓްބޯޅަ މުބާރާތް

އިއުލާން

15 އޮކްޓޫބަރު 2015 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ، ދިވެހިލީގު ކޮލިފައިންގ 3 ވަނަ ޑިވިޜަނުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، މާލޭގައި ރަޖިސްޓަރީ ކޮށްފައިވާ މި އެސޯސިއޭޝަނުގެ މެންބަރު ކްލަބް، ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އެސޯސިއޭޓް މެންބަރު ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. 

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު 6 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެން، މިއެސޯސިއޭޝަނުން ލިބެންހުންނާނެއެވެ.

އެފް.އޭ.އެމްގެ މެންބަރޝިޕް ކުލަބް ޖަމިއްޔާ، ޖަމާއަތްތައް ފިޔަވައި އެސޯސިއޭޓް މެންބަރު ކުލަބް ޖަމިއްޔާ، ޖަމާއަތްތަކަށް މިމުބާރާތުގައި ބައިވެރިވެވޭނީ -/3000ރ (ތިންހާސް) ރުފިޔާގެ ފީއެއް އެފް.އޭ.އެމް އަށް ދެއްކުމަށް ފަހުގައެވެ.

03 ސެޕްޓެންބަރު 2015
ހޯދާ