މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލަށް ލީގަލް އެޑްވައިޒް ދިނުމާއި ކޯޓްތަކުގައި ވަކާލާތުކުރާނެ ލޯ ފާރމެއް ހޯދުން

މާލޭ ސިޓީ ކައުންސިލަށް ލީގަލް އެޑްވައިޒް ދިނުމާއި ކޯޓްތަކުގައި ވަކާލާތުކުރާނެ ލޯ ފާރމެއް ހޯދުން

މާލޭ ސިޓީ ކައުންސިލަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާއިމެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، މާލޭ ސިޓީ ކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތުކޮށްދޭނެ ލޯ ފާރމެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.    

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާ އާއިސާރަނި ހިނގުން

ބުރާސްފަތި

10 ސެޕްޓެންބަރު 2015

13:00

އަންދާސީހިސާބު ހުށަހެޅުން

މާލޭ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާ އާއިސާރަނި ހިނގުން

ބުރާސްފަތި

17 ސެޕްޓެންބަރު 2015

13:00

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.  

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015
ހޯދާ