އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި އޮފީހަށް ގ.ބިއްލޫރިޖެހިގެ އިން ލިބިފައިވާ އޮފީސް ޖާގައަށް ބޭނުންވާ ކާޕެޓް ވިއްކައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ސެޕްޓެންބަރު 07 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް (ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުން:

2015 ސެޕްޓެންބަރު 09 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް (ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގޯޑައުން ބިލްޑިންގ
     ހަނދުވަރީ ހިނގުން
      ފޯން:   3010990
      ފެކްސް: 3010959

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015
ހޯދާ