މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ފީލްޑް އޮފިސަރ                                         

މުސާރަ

މަހަކު -/4000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ރޭންކް

ޖީ.އެސް.2

ބޭނުންވާ ޢަދަދު 

 1 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޓްރޭނިން އެންޑް އެކްސްޓެންޝަން އެޑެޕްޓިވް ރިސާރޗް

މަސައްކަތްކުރަންޖެހޭ ތަން

ހދ. ހަނިމާދޫ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ހައްދާ ނަމޫނާ ދަނޑުތައް ބެލެހެއްޓުން (ގަސްތަކަށްފެންޖެހުމާއި، ގަސްތަކަށްދިމަވާ މައްސަލަތައް ދެނެގަނެ އެކަމަކާ ގުޅޭ ފަރުވާތައް ސެންޓަރުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ދިނުމާއި، ދަނޑުބިން ހިމެނޭ ސަރަޙައްދުގެ ވިނަނޮޅުމާއި، ދަނޑުބިން ސަރަހައްދު ސާފުކުރުން)
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ހިންގާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  • މިނިސްޓްރީން ފާހަގަކުރާ ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސް ފަދަ މުހިއްމު މުނާސަބުތަކާ ގުޅުވައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން. (މިފަދަ ދުވަސްތަކަށް ބޭނުންވާ ގަސް މުޑުވައްކުރުމުގެ މަސައްކަތްކުރުމާއި، މިގަސްތައް ބަލަހައްޓާ، ދުވަހުން ދުވަހަށް ދޭންޖެހޭ ފަރުވާ ދިނުން)

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާތަޢުލީމާއި، ތަމްރީން
  • ދަނޑު ގޮވާން ކުރުމުގެ މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު
  • ދަނޑުމަތީގައި ގިނަވަގުތު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު

މަޤާމު: ޑިރެކްޓަރ  

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ކްލެސިފިކޭޝަން

ޑިރެކްޓަރ

ރޭންކް

އީ.އެކްސް.1

ބޭނުންވާ އަދަދު  

01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޓްރޭނިން އެންޑް އެކްސްޓެންޝަން އެޑަޕްޓިވް ރިސާރޗް

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

އިދާރީ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ސެކްޝަނުން ހިންގާ ޓްރޭނިންގތަށް މޮނިޓަރކޮށް، ޓްރޭނިންގތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ މަސައްކަތްތައް ރާވާ ހިންގުން.
  • ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މަސައްކަތްތަކުގެ ވާރކްޕްލޭނާ އެއްގޮތަށް ސެކްޝަނާ ގުޅުންހުރި މަސައްކަތްތައް ރާވާ ކުރިޔަށް ގެންދިއުން.
  • ޓްރޭނިންގް އެންޑް އެކްސްޓެންޝަން ސެކްޝަނުގެ ދަށުން މިނިސްޓްރީން ދެވޭ ތަފާތު ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމްތައް ރާވާ ހަމަޖެއްސުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ދަނޑުވެރިކަމުގެ ދާއިރާއިން ލިބިފައިވާތަޢުލީމާއި، ތަމްރީން
  • ދަނޑުވެރިކަމުގެ ދާއިރާއިން ލިބިފައިވާ މަޢުލޫމާތުގެ މިންވަރުއަށް ޝައުޤުވެރިކަންހުރި މިންވަރު
  • ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމު:  ރިސާރޗް އޮފިސަރ

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު 

01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް  މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދިވެހިރާއްޖޭގެ މަސްވެރިކަން ރާވާ، ހިންގައި ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒުކުރުން
  • ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙުލީލްކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ރާވާ ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން.
  • ދިވެހިރާއްޖޭގައި ކުރާ އެކި އެކި މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓުތައް ތައްޔާރުކުރުން
  • މޮނިޓަރިންގް، ކޮންޓްރޯލް އެންޑް ސަރވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަސްވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސްވެރިކަމުގެ ސިނާޢަތާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން

ސްޕޯރޓްސް ސްޓާފް ގްރޭޑް 1

ރޭންކް

ޖީ.އެސް 3

ބޭނުންވާ އަދަދު 

01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމަންޓް

މަސައްކަތްކުރަންޖެހޭތަން

ހުޅުލެ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ކެޗް ސެޓްފިކެޓް ހެދުމަށް ފޮނުވާ ރިކުއެސްޓް އެފޮނުވާ ދުވަހު ހަދާ އެކުންފުނިތަކާއި ޙަވާލުކުރުން.
  • ދަޅުގައި ބަންދުކޮށްގެން ނުވަތަ ގަނޑުކޮށްގެން އެކްސްޕޯރޓްކުރާ ބޮޑެތި ޝިޕްމަންޓްތަކުގެ ކެޗް ސެޓްފިކެޓް ހެދުމުގެ ކުރިން ޕަރޗޭސް ރިޕޯޓުތައް އެންޓަރ ކުރުން.
  • ކޮންމެ ދުވަހަކު ވެސް 12:00 ގެ ކުރިން ވެލިޑޭޝަން ފޯލްޑަރ (ޕަރޗެސް ރިޕޯޓުތައް) އަޕްޑޭޓްކުރުން.
  • ކޮންމެ ދުވަހަކުވެސް ޑިއުޓީ ނިމުމުގެ ކުރިން ކެޗް ސެޓްފިކެޓް ހެއްދުމަށް ކުންފުނިތަކުން ދައްކާފައިވާ ފައިސާގެ ބެލެންސް އަޕްޑޭޓް ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • އިދާރީ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

  • ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން
  • އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް 
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ސަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމުތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. 
ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 

31 އޮގަސްޓް 2015
ހޯދާ