މާލެއަތޮޅު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޯޑަކާއި އޮފީސްބައެއް އިމާރާތްކުރުމާބެހޭ

 މިމަރުކަޒަށް އިތުރު ވޯޑަކާއި އޮފީސްބައެއް އިމާރާތްކުރުމާބެހޭ

މިމަރުކަޒުގެ ނަންބަރު 04/2015 (10 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ 3 ވަނަފަހަރަށް އިޢުލާންކުރަމެވެ.

މިމަރުކަޒުގައި އިތުރު ވޯޑަކާއި އޮފީސް ބައެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަރުކަޒުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިމަރުކަޒަށް ދުރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް

  • އަމިއްލަ ފަރާތަކުންނަމަ، ކިޔަން އެނގޭ އައިޑީ ކާޑުގެ ސާފު ކޮޕީއެއް.
  • ކުންފުންޏަކުންނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް.
  • ކުލަބު ޖަމްޢިއްޔާއަކުންނަމަ، އެކުލަބެއްގެ ރަޖިސްޓަރީގެ ކޮޕީއެއް.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުންނާއި، ލިޔެކިޔުންތައް ފުރިހަމަނުކުރައްވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ މިމަރުކަޒުގައި 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:35 ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 އޮގަސްޓް 2015
ހޯދާ