ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޓެޓިސްޓިޝަން

ސްޓެޓިސްޓީޝަން  

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ކްލެސިފިކޭޝަން

EX 3

ރޭންކް

-/11065 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން

އިނާޔަތްތައް

03

ބޭނުންވާ އަދަދު

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

 • ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • ސްޓެޓިސްޓިކްސް އާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ  ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖުމަންޓް ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ހާސިލުކޮށްފައިވުން.                    

މަޤާމުގެ ޝަރުޠުތައް

މާޤާމު: 01

މަސައްކަތް ކުރަންޖެހޭ ޑިވިޜަން: ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސްޓެޓިސްޓިކްސް

 • އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް ރާވާ ހިންގުން، ޑޭޓާ ކޯޑްކޮށް ޕްރޮސަސް ކުރުމާއި އެޑިޓްކުރުމުގެ މަސައްކަތް ކޮށް، ޑެޑްލައިނަށް ނިންމާ ނަތީޖާތައް އާއްމުކުރުން އަދި މިމަސައްކަތް ހިނގާދިޔަގޮތް ފުރިހަމައަށް ޑޮކިއުމަންޓް ކުރުމާއި، ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ބޯހިމެނުން އިތުރަށް ތަރައްޤީކުރުން.
 • އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ ޑޭޓާ ޑިސެމިނޭޓްކުރުމާއި، ޖެނެރަލް ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ރާވާ ވިލަރެވްކުރުން އަދި ހޯދުންތަކުގެ މަޢުލޫމާތު ޑިސެމިނޭޓްކުރުން. 
 • އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ އިން ނެގޭ ޕަވަރޓީ އަދި ސޯސަލް ސްޓެޓިސްޓިކްސް ގެ މައުލޫމާތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި މިސަރވޭއިންނެގޭ ޕަވަރޓީ ސްޓެޓިސްޓިކްސް އެކުލަވާލުމާއި އެނަލައިސްކުރުން.
 • އިޖުތިމާއީ ދާއިރާގެ ތަފާސްހިސާބާއި އިންޑިކޭޓަރ ތައް އެކުލަވާލުމާއި ތަރައްޤީކުރުމަށް ސަރުކާރުގެ ކަމާބެހޭ އޮފީސްތަކަށް އެހީތެރިވެ ގުޅިގެން މަސައްކަތްކުރުން.
 • އާބާދީ އާއި ޑިމޮގްރަފިކް ސްޓެޓިސްޓިކްސް ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރުން.
 • ތަފާސްހިސާބުގެ އަހަރީފޮތާއި ޢާންމުކުރެވޭ އިޖުތިމާޢީ ތަފާސްހިސާބުގެ މަޢުލޫމާތުގެ ހަރުދަނާކޮށް ފެނަވަރު މަތިކުރުން.
 • ސަރުކާރުގެ އޮފީސްތަކާއި ރަށްރަށުގައި އިޖުތިމާއީ ތަފާސްހިސާބު ބަލަހައްޓާ މުވައްޒަފުން އިޖުތިމާއީ ތަފާސްހިސާބަށް އަހުލުވެރިކޮށް، މިދާއިރާއިން ކެޕޭސިޓީ ބިލްޑްކުރުން.
 • ސެކްޝަންގެ ދަށުން ހިންގާ 2 ޔުނިޓް، "ސެންސަސް އެންޑް ސޯޝަލް އެނަލިސިސް" އަދި ޕަވަރޓީ" ޔުނިޓްގެ މަސައްކަތްތައް ރާވާ މޮނިޓަރކޮށް މެނޭޖްކުރުމުގެ އިތުރުން،ސްޓެޓިސްޓިކްސް ޑިވިޝަންގެ އެހެން ސެކްޝަންތަކުން ހިންގާ މުހިއްމު މަސައްކަތްތަކުގައި ބައިވެރިވެ ޓެކްނިކަލް ލަފަޔާއި އިރުޝާދުދިނުން.
 • ބޯހިމެނުމާއި، ޕަވަރޓީ އަދި އިޖުތިމާއީ ސްޓެޓިސްޓިކްސްގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، މިދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުން.
 • ޑިވިޜަންގެ ދަށުން ހިންގާ 2 ސެކްޝަންގެ މަސައްކަތްތައް ރާވާ މޮނިޓަރކޮށް މެނޭޖްކުރުމަށްޓަކާ ޑިވިޜަންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
 • މުވައްޒަފުން އެޕްރައިސް ކުރުމާއި ބަލަހައްޓަންޖެހޭ މުވައްޒަފުން ބެލެހެއްޓުން.  
 • ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު

މާޤާމު: 2

މަސައްކަތް ކުރަންޖެހޭ  ޑިވިޜަން: ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ

 • ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން. ބީ. އެސް)  އިން ކުރަންޖެހޭ ސަރވޭތަކުގެ މަސައްކަތްރާވާ ހިންގުން އަދި ޑޭޓާ ޕްރޮސަސް ކުރުމާއި އެޑިޓްކުރުމުގެ މަސައްކަތް ކޮށް، ޑެޑްލައިނަށް ނިންމާ ނަތީޖާތައް އާއްމުކުރުން އަދި މިމަސައްކަތް ހިނގާދިޔަގޮތް ފުރިހަމައަށް ޑޮކިއުމަންޓް ކުރުމާއި، ތަޖުރިބާގެ އަލީގައި ދެންކުރެވޭ ސަރވޭތައް އިތުރަށް ތަރައްޤީކުރުން.
 • އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސއްކަތް ރާވާ ހިންގުން އަދި ޑޭޓާ އެޑިޓްކުރުމާއި، ޓޭބަލްތައް ޖެނެރޭޓްކޮށް ޑެޑްލައިނަށް ނިންމުން އަދި މިމަސައްކަތް ހިނގާދިޔަގޮތް ފުރިހަމައަށް ޑޮކިއުމަންޓް ކުރުމާއި، ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ބޯހިމެނުމުގެ ޑޭޓާޕްރޮސެސިންގް އިތުރަށް ތަރައްޤީކުރުން.
 • އެން. ބީ. އެސް އިން  ކުރާސަރވޭތަކަށް ބޭނުންވާ ބްލޮކް މެޕްތަކާއި،ސާމްޕަލް ފްރޭމްތައް އެކުލަވާލާ އަޕްޑޭޓްކޮށް މެނޭޖްކުރުމާއި، ޑޭޓާއެންޓްރީ ޕްރޮގްރާމް ހެދުމާއި ޑޭޓާ ބޭސްތައް އެކުލަވާލާ މެނޭޖްކުރުމާއި އާކައިވްކުރުން.
 • ސަރވޭތަކުގެ ޑޭޓާ ޑިސެމިނޭޓްކުރުމާއި، އެޑްމިނިސްޓްރޭޓިވް އަދި އެނަލިސިސް ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ރާވާ ވިލަރެވްކުރުން އަދި ހޯދުންތަކުގެ މަޢުލޫމާތު ޑިސެމިނޭޓްކުރުން.
 • ތަފާސްހިސާބުގެ ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ސަރވޭތައް ޕްރޮސެސްކޮށް މިސަރވޭތަކުގެ ރަޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުމާއި މިމަސްކަތް ހަރުދަނާކުރުން.
 • ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތުން ބޭނުންވާއެހީތެރިކަން ފޯރުވައިދިނުން.
 • ސަރުކާރުގެ އޮފީސްތަކާއި ރަށްރަށުގައި ތަފާސްހިސާބު ބަލަހައްޓާ މުވައްޒަފުން، ސަރވޭ އާއި ޑޭޓާޕްރޮސެސިންގގެ މަސައްކަތަށް އަހުލުވެރިކޮށް، މިދާއިރާއިން ކެޕޭސިޓީ ބިލްޑްކުރުން.
 • ޑިވިޜަންގެ ދަށުން ހިންގާ 2 ސެކްޝަން، "ސްޓެޓިސްޓިކަލް ސަރވޭ އެންޑް އެނަލިސިސް" އަދި "ޑޭޓާ ޕްރޮސެސިންގ އެންޑް ޑޭޓާ މެނޭޖްމަންޓް " ސެކްޝަންގެ މަސައްކަތްތައް ރާވާ މޮނިޓަރކޮށް މެނޭޖްކުރުމުގެ އިތުރުން، އެން. ބީ. އެސްގެ އެހެން ޑިވިޜަންތަކުން ހިންގާ މުހިއްމު މަސައްކަތްތަކުގައި ބައިވެރިވެ ޓެކްނިކަލް ލަފަޔާއި އިރުޝާދުދިނުން.
 • ސަރވޭއާއި ޑޭޓާޕްރޮސެސިންގގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ،މިދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުން. އަދި ސަރވޭގެ ޑޭޓާ ކަލެކްޝަން އަދި ޕްރޮސެސިންގ އާއި ޑޭޓާމެނޭގްމަންޓް، ޒަމާނާއި އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުން.
 • ޑިވިޜަންގެ ދަށުން ހިންގާ 2 ސެކްޝަންގެ މަސައްކަތްތައް ރާވާ މޮނިޓަރކޮށް މެނޭޖްކުރުމަށްޓަކާ ޑިވިޜަންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
 •  މުވައްޒަފުން އެޕްރައިސް ކުރުމާއި ބަލަހައްޓަންޖެހޭ މުވައްޒަފުން ބެލެހެއްޓުން.  
 • ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން

 

މަޤާމުގެ މަސްއޫލިއްޔަތު

މާޤާމު: 3

މަސައްކަތް ކުރަންޖެހޭ ޑިވިޜަން: ސްޓެޓިސްޓިކް ޑިވެލޮޕްމަންޓް އެންޑް ކޯޑިނޭޝަން

 • ތަފާސްހިސާބުގެ ޤާނޫނާއި ޤަވާއިދުތައް އެކުލަވާލާ އިމްޕްލިމެންޓްކުރުމާއި، ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމަށް ބޭނުންވާ ސްޓްރެޓަޖީ އާއި ޕްލޭން އެކުލަވާލާ މޮނިޓަރކޮށް ވިލަރެސްކުރުން. އަދި ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމް ވިލަރެސްކުރާ ކޮމިޓީގެ މަސައްކަތްތައް ރާވާހިންގުން.
 • ދިވެހިރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ މުހިންމު މައުލޫމާތުތައް އެކުލެވޭ ތަފާސްހިސާބާއި، އިންޑިކޭޓަރސް އެކުލަވާލުމާއިޝާއިޢުކުރުން. މިގޮތުން ތަފާސްހިސާބުގެ އަހަރީފޮތާއި މޯލްޑިވްސް އެޓް އަ ގްލާންސް، ކީ އިންޑިކޭޓަރ ފަދަ ޕްރޮޑަކްޓްތައް އެކުލަވާލާ ޓައިމްލީކޮށް އާންމުކުރުން. އަދި މޯލްޑިވިންފޯއަށް ބޭނުންވާ އިންޑިކޭޓަރތައް ތައްޔާރުކޮށް ޑޭޓާބޭސް ބަލަހައްޓައި ޢާއްމުކޮށް، މޯލްޑިވިންފޯގެ ޓްރޭނިންގތައް ކުރިއަށް ގެންދިއުން.
 • ތަފާސްހިސާބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކާ ސްޓެޓިސްޓިސްކް ޕްރޮމޯޓްކުރުމާއި، މީހުން އަހުލުވެރިކުރުމުގެ ގޮތުން އެކިއެކި ޕްރޮމޯޝަން މެޓީރިއަލްތައް ތައްޔާރުކުރުމާއި، ޙަރަކާތްތައް ހިންގުން.
 • އިންޓަރނެޝަނަލް ކުއެސްޗަނެއަރސް ތަކުގެ ޑެޑްލައިނަށް ޑޭޓާ ޑިސެމިނޭޓްކުރުމާއި، އެކިއެކި ޑޭޓާ ރިކުއެސްޓްތަކަށް ޑޭޓާ ޑިސެމިނޭޓްކުރުން، އަދި ޑިވެލޮޕްމަންޓް އިންޑިކޭޓަރސްތަކުގެ ތަރޭން މައުލޫމާތު ނެތްދާއިރާތަކާއި ޑޭޓާ ގެޕްސް ފާހަގަކޮށް ޑޭޓާހޯދުމުގެ މަސައްކަތް ރާވާ ހަރުދަނާކޮށް ވިލަރެސްކުރުން.
 • އަތޮޅުތަކުގައި ތަފާސްހިސާބު ނަގާ ބެލެހެއްޓުމުގެ ނިޒާމް ރާވާ ހަރުދަނާކުރުމާއި ސަރުކާރުގެ އޮފީސްތަކާއި ގުޅިގެން ތަފާސްހިސާބު ހަރުދަނާކުރަންޖެހޭ ދާއިރާތަށް ތަރައްޤީކުރުމާއި، ޑޭޓާ ކޮލިޓީއާ ޓައިމްލިނަސް ރަނގަޅުކުރުން އަދި  މިދާއިރާއިން ކެޕޭސިޓީ ބިލްޑްކުރުން.
 • ތަފާސްހިސާބު އެއްކުރުމުގެ ވަސީލަތްތައް އިންޓަރނޭޝަނަލް މިންގަނޑުތަކަށް ފެތޭތޯބެލުމާއި އިންޓަރނޭޝަނަލް ކްލެސިފިކޭޝަންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނެޝަނަލް ކްލެސިފިކޭޝަންތައް ހަދާ އާންމުކުރުން.
 • ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް އެކުލަވާލުމާއި ޕްރޮޖެކްޓްތައް ހޯދުމަށް އިސްވެ މަސައްކަތްކުރުމާއި ޕްރޮޖެކްތައް މޮނިޓަރކޮށް މެނޭޖްކުރުން.
 • ޑިވިޜަންގެ ދަށުން ހިންގާ 2 ސެކްޝަން، "ސްޓެޓިސްޓިކްސް ޑިވެލޮޕްމަންޓް އެންޑް ސްޓޭންޑަރޑްސް" އަދި "ޑޭޓާ ޑިސެމިނޭޝަން އެންޑް ކޯޑިނޭޝަން " ޔުނިޓްގެ މަސައްކަތްތައް ރާވާ މޮނިޓަރކޮށް މެނޭޖްކުރުމުގެ އިތުރުން، އެން. ބީ. އެސް ގެ އެހެން ޑިވިޜަންތަކުން ހިންގާ މުހިއްމު މަސައްކަތްތަކުގައި ބައިވެރިވެ ޓެކްނިކަލް ލަފަޔާއި އިރުޝާދުދިނުން.
 • ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް ތަފާސްހިސާބުގެ ސްޓޭންޑަރޑްތަކާއި ފެންވަރު މަތިކުރުން. އަދި ޒަމާނާއި އެއްގޮތަށް ޑޭޓާ ޑިސެމިނޭޝަން ގެ މަސައްކަތް މޮޑަނައިޒްކޮށް ތަރައްޤީކުރުން.
 • ޑިވިޜަންގެ ދަށުން ހިންގާ 2 ސެކްޝަންގެ މަސައްކަތްތައް ރާވާ މޮނިޓަރކޮށް މެނޭޖްކުރުމަށްޓަކާ ސެކްޝަންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
 • މުވައްޒަފުން އެޕްރައިސް ކުރުމާއި ބަލަހައްޓަންޖެހޭ މުވައްޒަފުން ބެލެހެއްޓުން.  
 • ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން

މަޤާމުގެ މަސްއޫލިއްޔަތު

މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިހާންކުރުން، އިޢުލާންއަށް މުއްފަތު ހަމަވާތާ ތިންހަފްތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިހާން ކުރުން

 • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
 • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
 • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

 1. ވަޒީފާއަށް އެދޭ ފޯމު
 2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި ( ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
 4. ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
 5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

 

 • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
 • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލާމާތު

31 އޮގަސްޓް 2015
ހޯދާ