ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓުގައި ކާޕެޓް، މެޓް އަދި ނައިލޯން އަޅާނެ ފާރާތެއް ހޯދުމަށް

ކްރިމިނަލް ކޯޓުގައި ކާޕެޓް، މެޓް، އަދި ނެވިލޯން އަޅަން ބޭނުންވެގެން ކުރެވުނު ނަންބަރު SP/2015/44ފ-145 (12 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާޠިލުކޮށް، ކާޕެޓް މެޓް އަދި ނެވިލޯން އެޅުމުގެ މަސައްކަތް ކުރުމަށް އަލުން އިޢުލާންކުރަމެވެ.

ކުރަން ބޭނުންވާ މަސައްކަތް

  • 31 ފޫޓު 6 އިންޗި، 23 ފޫޓު 6 އިންޗީގެ ރޫމެއްގައި، މުށިޖަހާފައިވާ ތަޅުމުން 35 ފޫޓު ދިގު 1/2 1" ފުޅާ ކާނެއް ކަނޑައި ދަގަނޑު ފަތިއެޅުމަށްފަހު އަންޑަރ ލޭޔަރ އަޅައި ކާޕެޓް އެޅުން
  • 4 ދޮރުގެ ކައިރީގައި އެލްމެނިއަމް ބާ އެޅުން.
  • 150 ފޫޓު ދިގު 4 ފޫޓު ފުޅާ މެޓް ކައިރި ހަދާފައި އެޅުން
  • 2000 އަކަފޫޓުގައި ނެވިލޯން އެޅުން
  • ކާޕެޓް އެޅުމަށް ބޭނުންކުރަންވާނީ ފޫޓެއް -/480 ރުފިޔާއަށްވުރެ އަގުދަށް ނޫން ކާޕެޓެކެވެ.
  • މެޓް އެޅުމަށް ބޭނުންކުރަންވާނީ ފޫޓެއް -/300 ރުފިޔާއަށްވުރެ އަގުދަށް ނޫން ނެވިލޯނެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ސެޕްޓެންބަރުމަހު 3 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7775608 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޛުލްޤަޢިދާ 1436

30 އޮގަސްޓް 2015
ހޯދާ