ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. ފޮނަދޫ އިންޖީނުގޭގެ ވަށާފާރު ރޭނުމާގުޅޭ

މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ލ. ފޮނަދޫ އިންޖީނުގޭގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 06 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ލ. ފޮނަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ލ. ފޮނަދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015
ހޯދާ