ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދައުވަތު

1. ވ.ކެޔޮދޫގެ ކުރީގެ އަންހެނުންގެ މިސްކިތުގެ ގޯތިގައާއި، މިހާރު ބޭނުންކުރާ ހުކުރުމިސްކިތުގެ ގޯތީގެތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް 20 އޮގަސްޓު 2015ގައި ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ 1 ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

2. ވ.ކެޔޮދޫގެ ކުރީގެ އަންހެނުންގެ މިސްކިތުގެ ގޯތިގައާއި، މިހާރުބޭނުންކުރާ ހުކުރުމިސްކިތުގެ ގޯތީގެތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

3. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

4. މިމަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ކެޔޮދު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

  ހ. "ވ.ކެޔޮދޫގެ ކުރީގެ އަންހެނުންގެ މިސްކިތުގެ ގޯތިގައާއި، މިހާރު ބޭނުންކުރާ ހުކުރުމިސްކިތުގެ ގޯތީގެތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015
ހޯދާ