މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'އެޗް.ސީ.އެފް.ސީ. ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް'ގެ ދަށުން ވީޑިއޯ ސްޕޮޓެއް ހައްދަވައިދެއްވާނެ ކޮންސަލްޓެންޓެއް ހޯދުމަށް

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް އަލުން ހުޅުވާލުން 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ 'އެޗްސީއެފްސީ ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް'ގެ ދަށުން އާންމު ރައްޔިތުންނަށް ހޭލުންތެރިކަން ހިންގުމާބެހޭ ކޮމްޕޯނަންޓްގެ ދަށުން ވީޑިއޯ ސްޕޮޓެއް ދިވެހިން ހައްދަވައިދެއްވާނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރާއި މި މަސައްކަތާ ގުޅުންހުރި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރު އަދި އަގު މިނިސްޓްރީއަށް ހުށަހަޅުއްވަންވާނެއެވެ. މިމަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އަދި ގައިޑްލައިންސް މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިޔުމަންޓް ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018342

ފެކްސް: 3018301

އީމެއިލް: procurement @environment.gov.mv

ވެބްސައިޓް: www.environment.gov.mv

27 އޮގަސްޓް 2015
ހޯދާ