ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އާރ.ޑީ.އެމް.އޯ ބިލްޑިންގގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

އާރ.ޑީ.އެމް.އޯ ބިލްޑިންގގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަތޮޅުކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް އަތޮޅުކައުންސިލްގެ އިދާރާއަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުގެ ހުށަހެޅުން ޤަބޫލު ނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

  • ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.  

(Benchmark price/submitted price) x Allocated percentage

ތަޖުރިބާ

20%

  • މިފަދަ މަސައްކަތެއް ކޮށްފައިވާ މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މިދާއިރާގައި އެންމެގިނަ އަހަރު މަސައްކަތް ކޮށްފައިވާ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (ޕަސެންޓެއް)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މި ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.   

(Submitted years of experience/ Benchmark years) x Allocated percentage

ކުންފުނި، ކްލަބް/ ޖަމުޢިއްޔާ

10%

  • ކުންފުނި، ކްލަބް/ ޖަމުޢިއްޔާ
  • މިގޮތުން ގަވާއިދުން ރަޖިސްޓަރީވެގެން ހިންގާ ކުންފުނި، ކްލަބް/ޖަމުޢިއްޔާއެއްނަމަ

 

26 ޛުލްޤަޢިދާ 1436

26 އޮގަސްޓް 2015
ހޯދާ