މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ފަރުމާ: ޔޫތު އާރޓް އެންޑް އިނޮވޭޝަން ފެއަރ 2015އަށް ނަން ހުށަ ހެޅުމުގެ ފުރުޞަތު

ފަރުމާ: ޔޫތު އާރޓް އެންޑް އިނޮވޭޝަން ފެއަރ 2015އަށް ނަން ހުށަ ހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އޮކްޓޫބަރު 1 އިން 3 އަށްް ބޭއްވުމަށް ހަމަޖެހިފައިވާ "ފަރުމާ" ފެއަރ އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ފެއަރގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ޒުވާނުންނަށް، އެޒުވާނުންގެ ކިބައިގައި ހުރި އެކިއެކި ފަންނުވެރި ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލައި، އެކިއެކި އުފެއްދުންތައް ޢާންމުންނަށާއި އެކިއެކި ކުންފުނިތަކަށް ދައްކާލުމުގެ ފުރުޞަތު ހުޅުވާލަދީ، ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ދޮރުތައް ހުޅުވާލަދިނުމެވެ. މީގެ އިތުުރުން، މިފެއަރއަކީ ޒުވާނުންގެ އެކި އުފެއްދުންތައް މާކެޓްކޮށް، ވިއްކުމުގެ ފުރުޞަތު ފަހިވެގެންދާނެ ޕްލެޓްފޯމެކެވެ.

މިހެންކަމުން، މި ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެންބަރު 2015 ވާ ހޮނިހިރު ދުވަހުގެ ކުރިން ޒުވާނުންގެ މަރުކަޒަށް އެޕްލިކޭޝަން ފޯމު ހުށަހެއްޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑަގަންނަވާނީ ވެލާނާގޭގެ 3 ވަނަ ފަންފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުންނެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އާއި މާފަންނު ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުންނެވެ. ރަށްރަށަށް ފޯމު ހުށަހަޅުއްވާނަމަ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އެއަތޮޅެއްގެ ޒުވާނުންގެ މަރުކަޒު ނުވަތަ ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށެވެ. މީގެ އިތުރުން މިޕްރޮގްރާމަށް ޚާއްޞަކުރެވިފައިވާ އީމެއިލް [email protected] އިންވެސް ފޯމު ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އިން ލިބިވަޑައިގަންނަވާނެއެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015
ހޯދާ