މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސްގެ އަހަރީ ހަފުލާ ބޭއްވުމަށްހަމަޖެިފައިވާާތީ ބައެއް ސެކްޝަންތައް/ ޕޯސްޓްތައް ބަންދުކުރުން

އިޢުލާން

27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ ރޭ ކަސްޓަމްސް އަހަރީ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވާތީ، މިދަންނަވާ ސެކްޝަން/ ޕޯސްޓްތައް ފިޔަވައި ކަސްޓަމްސްގެ އެހެނިހެން ސެކްޝަން/ ޕޯސްޓްތައް 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ ރޭ 18:00 އިން ފެށިގެން ބަންދުކަމުގައި ދެންނެވީމެވެ.

އަދި އަތޮޅުތެރޭގައި ހުރި ކަސްޓަމްސްގެ އޮފީހެއް ތިރީގައިވާ ކަމަކާގުޅޭ މަސައްކަތަކަށް ހުޅުވަންޖެހޭ ޙާލަތު މި ބަންދުން އިސްތިސްނާވާނެ ވާހަކަވެސް ދެންނެވީމެވެ.

  • ޕެސެންޖަރ ކްލިއަރެންސް
  • ސަރވެއިލެންސް އެންޑް އިންޓަރޑިކްޝަން
  • އެއަރކާގޯ ޑޮކިއުމެންޓޭޝަން
  • އެއަރކާގޯ އެގްޒަމިނޭޝަން
  • ސްޕެޝަލް އެންފޯސްމަންޓް އޮޕަރޭޝަންސް ސެކްޝަން
  • ޓްރާންސްޕޯޓް ސެކްޝަން
  • ކަނޑުގެ އުޅަނދުފަހަރަށް އިންވާޑް/ އައުޓްވާޑް ކްލިއަރެންސް ދޭންޖެހޭ ޙާލަތްތަކުގައި ވެސެލް ކްލިއަރެންސް ޔުނިޓް
  • ކުރޫ އެންޑް ބެގެޖް ކްލިއަރެންސް ޔުނިޓް

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015
ހޯދާ