މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމު

1 (އެކެއް)

ބޭނުންވާ އަދަދު

ދާއިމީ

މަޤާމުގެ ގިންތި

ޖީ. އެސް. 4

މަޤާމުގެ ރޭންކް

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން

މަހަކު -/5020 ރުފިޔާ

މުސާރަ

މަހަކު -/1500 ރުފިޔާ

ސަރވިސް އެލަވަންސް

މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން، ޏ.ފުވައްމުލައް

ވަޒީފާ އޮތް އޮފީސް

އެކަޑަމިކް ސެކްޝަން، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ލިބިދެވޭ ޕެންޝަނުގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.

އެހެނިހެން ޢިނާޔަތްތައް

  • ލައިބްރަރީއާ ގުޅޭ ދާއިރާ/ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ލައިބްރަރީއާ ގުޅޭ ދާއިރާ/ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

 

 

މަޤާމުގެ ޝަރުޠު

  1. ލައިބްރަރީން އިން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުން.
  2. ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި ތަރުތީބުކޮށް ބެލެހެއްޓުން.
  3. ހަލާކުވާ ފޮތްތައް ހެއްދުން.
  4. ލައިބްރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
  5. ލައިބްރަރީއަށް ހޯދާ ފޮތްތަކާއި، ލިބޭ ފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުން.
  6. އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފުކޮށްދިނުން.
  7. ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.
  8. ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާފަދަ ތަނެއްގެގޮތުގައި ބެހެއްޓުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު،
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީންގައެވެ.
  • އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަރވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރިވިސްގެ ވަޒީފާއަށް އެދޭ ފޯމު www.csc.gov.mv ވެބްސައިޓުންނާއި މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ އޮފީސް) އިން ލިބިވަޑައިގަންނަވާނެއެވެ.
  • ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ އޮފީހަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުން ގަޑިއަކީ، 2015 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރު ވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

އެހެނިހެން ކަންތައްތައް

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިސްކޫލުގެ 6860003 ނަންބަރު ފޯނަށް ނުވަތަ 6862068 ނަންބަރު ފޯނާ ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

އިތުރު މަޢުލޫމާތު

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ