މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL) 23-AP/1/2015/25)ފ(05 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު ނުވަތަ ފ. ނިލަންދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00އަށް ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު ނުވަތަ ފ. ނިލަންދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ