މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1- ހަމަޖެހިފައިވާ އުޖޫރައަކީ މަހަކު -/10،000 ރުފިޔާއަށްވުރެ ބޮޑުނޫން އުޖޫރައެކެވެ.

2- މުއްދަތު: 1 އަހަރުދުވަސް (ނަމަވެސް މަސައްކަތް ލިބޭ ފަރާތުން މުއްދަތު އިތުރުކޮށްދޭން އެދިއްޖެނަމަ ވޭތުވެދިޔަ 1 އަހަރުގެ މަސައްކަތަށް ބަލައި އެއްބަސްވުމުގައިވާ އުސޫލުން އިތުރުކޮށްދެވޭނެއެވެ.)

3- ޝަރުޠު: ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.

        ޢުމުރުން 30 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.

        އެފަދަކަމެއް ކުރުމަށް ޞިއްޙީގޮތުން ޤާބިލުކަން ހުރި މީހެއްކަމުގައިވުން.

4- ޑިއުޓީގައި ހުންނަވަން ޖެހިވަޑައިގަންނަވާނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ރަސްމީގަޑި ނިމުމުން ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ފެށުމާ ހަމައަށެވެ.

5- ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީއަށް ނުކުންނަން ޖެހޭނެއެވެ. ބަޖެޓަށް އަންނަ ބަދަލަކާ ގުޅިގެން ޑިއުޓީ ގަޑިއާއި އުޖޫރަ އުނިކުރަން ޖެހިއްޖެނަމަ އެކަން ބިޑް ކާމިޔާބުކުރާ ފަރާތަށް އެންގޭނެއެވެ.

6- މަޢުލޫމާތު ސާފުކޮށްދިނުމާއި، މަޢުލޫމާތު ފޯމާއި ސެކިއުރިޓީ ބެލެހެއްޓުމަށް އެދި ހުށަހަޅާ ފޯމު ދޫކުރުން: 31 އޮގަސްޓު 2015 ވަނަ ދުވަހުގެރޭ 21:30 ގައި މިއިދާރާގައި އޮންނާނެއެވެ.

7- ފޯމު ހުށަހެޅުން: 02 ސެޕްޓެންބަރު 2015 ވަނަދުވަހުގެރޭ 21:30 އަށް ފޯމު ހިއްޕަވައިގެން މިއިދާރާއަށް ދުރުވުން އެދެމެވެ. ހުށަހަޅާ ހުރިހާ ފޯމެއްވެސް ބެލުން އޮންނާނީ ހުށަހަޅާ ފަރާތެއްގެ ކުރިމަތީގައެވެ. ގަޑިޖެހުމަށްފަހު އިތުރު 5 މިނިޓް ބެލޭނެއެވެ.

8- ހަމަޖެހިފައިވާ ގަޑީގެފަހުން އަންނަ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރުމަށް ނާންނަ ފަރާތްތަކުގެ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޕޮއިންޓް ދިނުން

އަގަށް:  30 ޕޮއިންޓް

ތަޖުރިބާ: 30 ޕޮއިންޓް

ހުށަހަޅާ ލިޔުންތަކަށް: 20 ޕޮއިންޓް (ނިސްބަތުން)

ޢުމުރަށް:        20 ޕޮއިންޓް

24 އޮގަސްޓް 2015
ހޯދާ