ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ދިނުމުގެ ޑްރައިވިން ޓްރެކް ހެދުމާބެހޭ

މި އިދާރާއިން އޭ ޒޯންގެ ލައިސަންސް ދޫކުރުމަށް ޑްރައިވިން ޓެސްޓް ދިނުމަށް ބޭނުންވާ ޓްރެކް ހެދުމުގެ މަސައްކަތް މި އިދާރާއިން ދޭ ނަމޫނާއަކާ އެއްގޮތަށް މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

09 ޛުލްޤަޢިދާ 1436 

24 އޮގަސްޓް 2015
ހޯދާ