ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ އިންފާރު ރޭނުމާއި، ފެންސު ޖެހުން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ވާދޫ ފުޓްބޯޅަދަނޑުގައި އިންފާރު ރޭނުމާއި، ފެންސުޖެހުމާއި، ރޮސްޓްރަމް ހެދުމާއި، ގޭޓު ހެދުމަށްޓަކައި މިއިދާރާގެ ނަންބަރު: IUL/2015/04/ފ421 (07 ޖަނަވަރީ 2015) އިޢުލާންކޮށްފައިވީނަމަވެސް މިނިސްޓްރީގެ އެރީނާ ކޮންސެޕްޓުގައި ރޮސްޓްރަމާއި ފާޚާނާ ހެދުން ހިމެނިފައިނުވުމާއި، ފުޓްބޯޅަދަނޑުގެ ވަށާ އިންފާރު ރޭނުމާއި، ފެންސު ޖެހުމަށް މިނިސްޓްރީން ގެންގުޅުއްވާ މިންގަނޑަށް ވާދޫ ފުޓްބޯޅަދަނޑުގެ ވަށާ އިންފާރު ރޭނުމާއި، ފެންސު ޖެހުމަށް މިނިސްޓްރީގެ ނަންބަރު: P/2015/09-ފ141 ސިޓީން އަންގަވާފައިވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

24 އޮގަސްޓް 2015
ހޯދާ