އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
އޮފީސްބައިގައި ޕާޓިޝަންޖަހައި ކުލަލައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގައި ހަދާ އޮފީސްބައިގައި ޕާޓިޝަންޖަހައި ކުލަލައި މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2015 ވާ (އަންގާރަ) ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ސެޕްޓެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން އޮންނަ ދުވަހު މަޢުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލުގެ އޮޑިޓޯރިއަމްގައެވެ.

24 އޮގަސްޓް 2015
ހޯދާ