މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިސްކިތްތަކުގައި ފިންގަރ ޕްރިންޓަރ ރީޑަރ ބަހައްޓާ ނެޓްވާރކެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިމާމުންގެ ހާޒިރީ ބެލެހެއްޓުމަށް މިސްކިތްތަކުގައި ފިންގަރ ޕްރިންޓަރ ރީޑަރ ބަހައްޓާ ނެޓްވާރކެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 07 ސެޕްޓެންބަރު 2015 ވާ ހޯމަަ ދުވަހުގެ 14:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020261 އަށެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015
ހޯދާ