މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
10 ބުރީގެ އިމާރާތެއްގައި އެއަރކޯން ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އެމްޓީސީސީ އިން ހަދަމުންދާ 10 ބުރީގެ އިމާރާތެއްގައި އެއަރކޯން ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުން.

އެމްޓީސީސީ އިން ހަދަމުންގެންދާ 10 ބުރީގެ އިމާރާތެއްގައި އެއަރކޯން ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓު 2015 ދުވަހުގެ 11:00 އަށް، މިކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް (ހ. ސޯމިލް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ސެޕްޓެންބަރު 2015 ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015
ހޯދާ