މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
4 ކްލާސްރޫމްގެ ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ށ.ކޮމަންޑޫ އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ކްލާސްރޫމުގެ ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ދިވެހިސަރުކާރުން ވާރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، ށ.ކޮމަންޑޫ އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ކްލާސްރޫމުގެ ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

(1) ބީލަމާބެހޭ ލިޔުންތަކުގެ ސޮފްޓްކޮޕީ ސީޑީގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ބަލައިގަތުމާއި ސީޑީ ދޫކުރުން އޮންނާނީ 27 އޮގަސްޓު 2015 އިން 11 އޮކްޓޫބަރު 2015 އަށް ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) އިންނެވެ.

(2) ޕްރީ ބިޑް މީޓިންގ އޮންނާނީ 7 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމުގައެވެ.

(3) ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/20،000 ރުފިޔާ ބަހައްޓަންވާނެއެވެ.

(4) ބީލަން ހުޅުވުން އޮންނާނީ 11 އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ (ކޯޑިނޭޝަން ސަޕޯޓް ޔުނިޓް، ނަންބަރު 103، އެދުރުހިޔާ، 1 ވަނަ ފަންގިފިލާ) މީޓިންގރޫމުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341317 / 3341318 ނަންބަރު ފޯނާއެވެ.

އީމެއިލް ކުރައްވާނީ: [email protected]   [email protected]          

27 އޮގަސްޓް 2015
ހޯދާ