ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ACCA ނޮލެޖް ލެވެލް އާއި ސްކިލް ލެވެލް ގެ މަޢުލޫމާތު

އިޢުލާނު

ތިރީގައި މިވަނީ އެމް.އެން.ޔޫ. ބިޒްނަސް ސްކޫލުން 6 ސެޕްޓެންބަރު 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ACCA ނޮލެޖް ލެވެލް އާއި ސްކިލް ލެވެލް ގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފައްޓާނީ 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

                 އެމް.އެން.ޔޫ ބިޒްނަސް ސުކޫލް

  1. ACCA ނޮލެޖް ލެވެލް  

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށްމިންގަނޑު:

އުމުރުން 18 އަހަރު ފުރިފައި ވުމާއެކު ތިރީގައި މިވާ ޝަރުޠުތަކުގެ ތެރެއިން ކޮންމެވެސް އެއް ޝަރުޠެއް ފުރިހަމަ ވެފައިވުން؛

ހ. ޖީ.ސީ.އީ އޭ ލެވެލް 2 މާއްދާއާއި ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން (އިނގިރޭސި ހިމެނޭގޮތަށް ތަފާތު 5 މާއްދާއިން) ފާސްވެފައި ވުން ނުވަތަ އެއާ އެއްފެންވަރު ހުރުން. ނުވަތަ

ށ. އޭ.އޭ.ޓީ. އިންޓަރނޭޝަނަލް އެވޯޑް އިން އެކައުންޓެންސީ ޓްރޭނިންގް ފުރިހަމަކޮށްފައިވުން. ނުވަތަ

ނ. އެމް.އެން.ކިއު.އެފް. އިން ގަބޫލުކުރާ މަރުކަޒަކުން ޑިގްރީއެއް ބިޒްނަސް ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން. ނުވަތަ

ރ. އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަންގައި ރެޖިސްޓަރ ވެފައިވުން.

ނޯޓު: އޭ.ސީ.ސީ. އޭގައި ރެޖިސްޓަރ ވުމަކީ ދަރިވަރުގެ ޒިންމާއެކެވެ.

 2. ACCA ސްކިލްސް ލެވެލްް

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށްމިންގަނޑު:

އޭ.ސީ.ސީ.އޭ. ޕްރޮފެޝަނަލް ކޮލިފިކޭޝަންގައި ރެޖިސްޓަރ ވެފައިވުން.

ނޯޓު: މި ކޯހުގައި ދަރިވަރުން ރެޖިސްޓާރ ކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކި ކަރުދާހުގައެވެ.

20 އޮގަސްޓް 2015
ހޯދާ