މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާރކިންސް 25 ކިލޯވޯޓްގެ ޖަނަރޭޓަރެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ގަސްދުކޮށްފީމެވެ.

ވީމާ، ނީލަމުގައި މިޖަނަރޭޓަރ ބައްލައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވަނަ ދުވަހުން ފެށިގެން ބައްލަވައިގަންނަވަން ބޭނުންފުޅުވާ އަގު ބަޔާންކުރައްވައި ސިޓީއަކުން ގާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ބަޔާންކުރައްވައި މިކައުންސިލަށް ފޮނުއްވާ ސިޓީއާއި ފެކްސް އަދި މެއިލްވެސް ޤަބޫލު ކުރެވޭނެއެވެ. މިޖަނަރޭޓަރގެ ނީލަން ފެށޭ އަގަކީ -/15000 (ފަނަރަހާސް ރުފިޔާ) އެވެ. ހުށަހެޅިފައިވާ އަގަށް މަދުވެގެން އިތުރު ކުރެވޭނީ -/1000 (އެއްހާސް ރުފިޔާ) އެވެ. ހުށަހެޅިފައިވާ އެންމެމަތީ އަގު މިކައުންސިލްގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި މިޖަނަރޭޓަރާ ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ހުށަހެޅިފައިވާ އެންމެމަތީ އަގު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6641941 ފޯނާ ގުޅުއްވުން އެދެމެވެ.

މިނީލަމުގެ އަގު އެކަށީގެންވާ އަގަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެންމެ މަތީ އަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

  • ފޯން ނަންބަރު:   6641941
  • ފެކްސް ނަންބަރު: 6641941
  • މެއިލް: [email protected]

08 ޛުލްޤަޢިދާ 1436

23 އޮގަސްޓް 2015
ހޯދާ