ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ޝީލްޑް ހެއްދުމަށް

އަންދާސީހިސާބު ހުށަހެޅުމާބެހޭ

މި ސްކޫލުގެ ނަންބަރު GS74/2015/11ފ(23 ޖުލައި 2015) އިޢުލާނާ ގުޅިގެން، އަހަރީ އިނާމު ދިނުމަށްޓަކައި ޝީލްޑް ހެއްދުމަށް ހުށަހެޅުނު އަންދާސީހިސާބުތަކާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހެޅިފައި ނެތުމުގެ ސަބަބުން އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެން ދެއްވުމަށްފަހު 06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 އޮގަސްޓް 2015
ހޯދާ