އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް މީހުންނަށް މިއޮފީހުން ދެމުންގެންދާ ޤާނޫނީ އެހީތެރިކަން ދެއްވުމަށްޓަކައި، އަންނަނިވި މައްސަލަތަކުގައި ޤާނޫނީ ވަކީލުން މިއޮފީހަށް ހޯދަން ބޭނުންވެއެވެ.

  1. މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ރާއްޖެ އެތެރެކުރުން
  2. ޓެރަރިޒަމްގެ މައްސަލަތައް
  3. މަރުގެ މައްސަލަތައް

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް ސިޓީ ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

04 ޛުލްޤަޢިދާ 1436

19 އޮގަސްޓް 2015
ހޯދާ