ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އަލަށް ހަދާ ބައެއް ކުރަހައިދީ ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް

ޖުވެނައިލް ކޯޓުގައި އަލަށް ހަދާ ބައެއް ކުރަހައިދީ ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު K/2015/60-ފ198 (30 ޖުލައި 2015) އިޢުލާނަށް އަގު ހުށަހެޅުއްވި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ އަލުން އެމަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

04 ޛުލްޤަޢިދާ 1436      

19 އޮގަސްޓް 2015
ހޯދާ