މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL) 23-AP/1/2015/145)ފ(30 ޖޫން 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒު ނުވަތަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒު ނުވަތަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ