ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތް 2015 ޝެޑިއުލް ކުރެވިފައިވާ ތާރީޚު

ސަރުކާރު އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތް 2015 ޝެޑިއުލް ކުރެވިފައިވާ ތާރީޚު

ސަރުކާރުގެ އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚު އަކީ 30 ސެޕްޓެންބަރު 2015 ކަމުގައި ދަންނަވަމެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން ޓީމް އިވެންޓް އަދި ފިރިހެން ޓީމު އިވެންޓް ވަކިންނެވެ. މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސަރުކާރުގެ އޮފީސް/ ކުންފުނިތަކުން ބައިވެރިވެލައްވާ ކެޓަގަރީ އަދި ބައިވެރިވާ ސަރުކާރުގެ އޮފީސް/ ކުންފުނީގެ ފަރާތުން މުބާރާތާބެހޭ އެންމެހައި ކަންކަމުގައި މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެ ފަރާތެއްގެ ނަން، މަޤާމު އަދި ގުޅޭނެ ނަންބަރު އެންގޭނެގޮތަށް 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިނަޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހަޅުމަށް ދެންނެވީމެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެންދުނު 9:00 އިން 12:00 އަދި މެންދުރުފަހު 13:00 އިން 15:00 އަށް މި އެސޯސިއޭޝަންގެ ފޯނު ނަންބަރު: 3314057 އަށް ގުޅުއްވުން އެދެމެވެ.

01 ޛުލްޤަޢިދާ 1436

16 އޮގަސްޓް 2015
ހޯދާ