މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމަށް

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ ދަށުން ހިންގަމުންދާ އދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެ) ނުވަތަ އދ.އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެ) ނުވަތަ އދ.އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ