ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:  

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

 އެމް. އެސް. 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ:

-/5610

ސަރވިސް އެލަވަންސް:

-/2000

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

- ކައުންސިލާއި ޒިންމާދާރުވެރިޔާގެ މަޝްވަރާއާއެކު، ކައުންސިލުގެ ފަރާތުން ހިންގަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ތަރައްޤީގެ ޕްރޮޖެކްޓުތައް ހިންގުމާއި، މި ޕްރޮޖެކްޓުގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.

- ދަޑިމަގު  ކައުންސިލުން  ހިންގަން  ބޭނުންވާ  ތަރައްޤީގެ  މަޝްރޫޢުތަކުގެ  ޕްރޮޕޯސަލް  ތައްޔާރުކުރުމުގައި އެހީތެރިވުމާއި،  އެ  ޕްރޮޖެކްޓްތައް  ހިނގާ  ނުހިނގާގޮތް ބެލެހެއްޓުން.

- ބިމާބެހޭ ޤާނޫނާއި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާގޮތުގެމަތިން، އިޤްތިޞާދީ ބޭނުންތަކަށް ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް، ކައުންސިލްގެ ނަމުގައި، ބިންބިމާއި ފަރާއި ފަޅުހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، އިންވެސްޓުކުރުމާއި، އިންވެސްޓުމަންޓުތައް ކައުންސިލްގެ ނަމުގައި މިލްކުކުރުމަށް ކުރަންޖެހޭ ކަންތައްކުރުން.

- އަވަށު ފެންވަރުގައި  ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގުރިމެންޓްކޮށް، ވިޔަފާރީގެ މުޢާމަލާތުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

- ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމާއި، ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކިއެކި ކަންކަމަށް ފަންޑު އުފެއްދުން.

- ދަޑިމަގު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.

- ދަޑިމަގު ކައުންސިލް އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކަށް ގެންނަށް ކަނޑައަޅާ ބަދަލުތަކާ އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

- ކައުންސިލްގެ އިދާރާގެ ދަށުގައި ހުރި ޢިމާރާތް ކުއްޔަށް ދޫކުރުމާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އަތޮޅު ކައުންސިލަށް އާމްދަނީގެގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމުގެ ބިލްތައް ހަދައި، އެފަރާތަކަށް ފޮނުވައިގެން ފައިސާ ހޯދުން.

- އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި ޤާނޫނުގެދަށުން ހެދޭ ޤަވާޢިދުގައިވާގޮތުގެމަތިން އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމާއި ދޫކުރުމަށްޓަކައި ކައުންސިލް ކަނޑައަޅާގޮތެއްގެމަތިން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ދަޑިމަގު ކައުންސިލްގެ ނަމުގައި ހިންގާ އެކިއެކި ވިޔާފާރިތައް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓަރކުރުން.

- އަސާސީ ޚިދުމަތް ދިނުމަށާއި ޢާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުމަށާއި، އިޤުތިޞާދީގޮތުންނާއި އިޖުތިމާއީގޮތުން ކުރިއެރުން ހޯދުމުގެ ބޭނުމުގައި އަމިއްލަ ޖަމާޢަތްތަކާއި ކުންފުނި ނުވަތަ ކޯޕަރޭޓިވްތަކާ ގުޅިގެން ކައުންސިލް ހިންގުމަށް ރާވާ ޕްރޮގްރާމް ރޭވުމުގައްޔާއި، ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން. 

- ދަޑިމަގު އަވަށުގައި ކުރާ ޢިމާރާތް، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެމަތިން، ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި މޮނިޓަރކުރުން.  

- ރަށްގިރުން ހުއްޓުވުމަށް ފިޔަވަޅު އެޅުވުމާއި، ރަށުގެ އެއްގަމު ތޮއްޓާއި ކަނޑުތޮށި ލުމާބެހޭ މަސައްކަތް، ކަމާބެހޭ ފަރާތާ ގުޅިގެން ކުރެވޭނެގޮތް ހޯދުމަށް މަސައްކަތްކުރުން.

- އަވަށުގައި ހުރި މިސްކިތްތައް ބަލަހައްޓާގޮތް ބަލައި، އެކަން މޮނިޓަރކުރުން.

- ސަރުކާރުން ދަޑިމަގު ކައުންސިލާއި ހަވާލުކުރައްވާފައިވާ ފަޅާއި ބިން ކުއްޔަށް ދޫކުރެވެމުން ދާގޮތާއި ދެމުންދާގޮތް ބެލުން.

- ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައްޔާއި، އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.

- އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2015 އޮގަސްޓު 23 ވާ އާދީއްތަ ދުވަހު އޮފީސް ބަންދުވުމުގެކުރިން، ދަޑިމަގު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް: 

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު  ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: 

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865085 ނަންބަރު ފޯނާއެވެ.

28 ޝައްޥާލް 1436

13 އޮގަސްޓް 2015
ހޯދާ