ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ރޭންކް

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމް އޮތް އޮފީސް

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު / ހދ. ކުޅުދުއްފުށި

ސެކްޝަން

އެޑްމިން

މުސާރަ

މަހަކު -/5،020 ރުފިޔާ

އެލަވަންސް

މަހަކު -/1،500 ރުފިޔާ

އިތުރު ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

1. ލައިބްރަރީއާ ގުޅޭ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1- ކޮންމެ އަަހަރެއް ނިމުމުން، ލައިބްރަރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

2- ނައްތައިލެވޭ ފޮތްތަކުގެ ރެކޯޑާއި، ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.

3- ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން.

4- ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

5- ޑިއުކާޑް ހަރުކުރުމާއި، ތައްގަނޑު ޖެހުމާއި، ޗެކްކުރި ކާޑް ޖެހުން.

6- ލައިބްރަރީގައިވާ ފޮތްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

7- ލައިބްރަރީއަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް ތަން އިންތިޒާމްކުރުން.

8- ފޮތްތެރިކަމަށް ހިތްޖެހޭނެގޮތެއްގެމަތިން ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި، މުދައްރިސޔންނާއި ސުޕަވައިޒަރުންގެ އެހީގައި ކުރިއަށް ގެންދިއުން.

9- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެކަން ބެލެހެއްޓުން.

10- ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  3. . ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު، މި މަރުކަޒުގެ އޮފީހުން ވެސް ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

- މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަރުކަޒުގެ އޮފީހަށެވެ.

- ފޯމާއި  ތަކެތި  ހުށައެޅުމުގެ  ސުންގަޑިއަކީ،  2015  އޮގަސްޓު  25  ވާ  އަންގާރަ  ދުވަހުގެ މެންދުރުފަހުގެ 2:00 އެވެ.

އިންޓަވިއުކުރުން

- މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 އޮގަސްޓު 2015 އާއި 31 އޮގަސްޓު 2015 އާ ދެމެދު ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރު ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ނޯޓް

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 6528817 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

1 ޛުލްޤަޢިދާ 1436

16 އޮގަސްޓް 2015
ހޯދާ