ރ. އިންނަމާދޫ ޞިއްޙީ މަރުކަޒު، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުގެ ނަންބަރު IUL)E11-HC/2015/03) (ޖުލައި 13، 2015) ގެ އިޢުލާން ގެޒެޓުގައި ޝާއިޢުވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރީމެވެ.

މަޤާމު

ޑްރައިވަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ރ. އިންނަމާދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ރ. އިންނަމާދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހެލްތު ސެންޓަރުގެ އެންބިއުލާންސް ޑުރައިވަރަކަށް ކަނޑައެޅިފައިވާ ޑިއުޓީގައި، ހެލްތު ސެންޓަރުން އަންގާ ވަގުތުތަކެއްގައި، އަންގާ ގޮތެއްގެމަތިން ކުރުން.   
  2. އެމްބިއުލާންސްގެ އެތެރެއާއި ބޭރު، ކޮންމެ ދުވަހަކު އެއްފަހަރު، ދޮވެ ސާފުކުރުން.
  3. އެންބިއުލާންސް ދަތުރުތަކަށް ބޭނުންވާ ތެލާއި އެހެނިހެން ތަކެތި، އޮފީހުގެ ކަމާބެހޭ މުވައްޒަފަކާ ގުޅިގެން ހޯދުމުގައި އެހީތެރިވުން.   
  4. އެންބިއުލާންސްގައި ކުރަންޖެހޭ މަރާމާތު، ކަމާބެހޭ ބޭފުޅަކަށް ދަންނަވައިގެން ކުރުން.
  5. އެމެޖެންސީކޮށް ކުރަންޖެހޭ ދަތުރުތަކަށް ގުޅާ ވަގުތުތަކުގައި ޖަވާބު ދެވޭނެފަދަ ގޮތަކަށް ތިމާގެ އަމިއްލަ ފޯން ބޭނުންކުރުން.
  6. ގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހިފައިވާ ބަލިމީހަކު ގޮވައިގެން ދަތުރެއް ކޮށްފިނަމަ، އެ ދަތުރެއް ނިމުނުހާ އަވަހަކަށް އެމްބިއުލާންސްގެ އެތެރެ ވީހާވެސް ރަނގަޅަކަށް ދޮވެ ސާފުކުރުން.
  7.  ބަލިމީހާ ބޭއްވުމަށް ޚާއްޞަކުރެވިފައިވާ އެނދުގެ ބެޑްސީޓާއި ބާލީހު އުރަ  ދޮވުމަށްޓަކައި، ހަފުތާއަކު އެއްފަހަރު، މަސައްކަތު މީހުންނާ ހަވާލުކުރުން.
  8. ޞިއްޙީ މަރުކަޒުން އިންތިޒާމުކުރާ މުނާސަބަތުތަކާއި، ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

 

ތަޢުލީމާއި ތަޖުރިބާ

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.

ނޯޓް: ޑްރައިންވިންގ ލައިސަންސެއް އޮތުން މުހިންމު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުޞޫލުގެމަތިން ރިސްކް އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މަރުކަޒުން ލިބެން ހުންނާނެއެވެ.)  
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ރ. އިންނަމާދޫ ޞިއްޙީ މަރުކަޒަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ސެޕްޓެންބަރުމަހުގެ ތެރޭގައި ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6580388 އެވެ.

- ވަޒީފާއަށް އެދޭ ފޯމު، ރ. އިންނަމާދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.

5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015
ހޯދާ