ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެ

އިޢުލާން

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިޔުލްތައް:

Contact Hours

Module Name

No

30 hours

Introduction, Fundamentals of Administration and General Office Procedure

1

30 hours

English Language Proficiency

2

30 hours

Office Dhivehi

3

30 hours

Computer Proficiency

4

 

30 hours

Customer Service, Communication and Telephone Skills

Customer service and telephone skills

Communication Strategies

5

 

 

30 hours

Individual excellence: Secrets of Career Success

Stress Management

Handling Conflicts

Time Management

Team Building

 

 

6

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް: 

  • ތަޢުލީމް (ކިޔަވައިދެއްވަން ހުށަހަޅުއްވާ މޮޑިއުލާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން)
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތުގެ ތަޖުރިބާ

- ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ، ހަފުތާގެ ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހާއި، ހޮނިހިރު ދުވަހުއެވެ.

- ކޯހުގައި ކިޔަވައިދެއްވާ މޮޑިއުލްތަކަށް ބޭނުންވާ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް އެސެސްމަންޓް ޕޭޕަރ ތައްޔާރުކުރެއްވުމާއި، އެ ޕޭޕަރުތައް މާކުކުރެއްވުމަކީ ކިޔަވައިދެއްވާ ލެކްޗަރަރގެ ޒިންމާއެކެވެ.

- މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތަކުގެ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ފައިސާ ދެވޭނެއެވެ. އަދި ތައްޔާރުކުރައްވައި މާކުކުރައްވާ ކޮންމެ ޕޭޕަރަކަށް -/15 ރުފިޔާ (ފަނަރަ ރުފިޔާ) ގެ ރޭޓުން ފައިސާ ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދިވަޑައިގެން ކިޔަވައިދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާ ބަޔާންކުރައްވައި، ސިޓީއާއި ވަނަވަރާއި އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 28 ޝައްޥާލް 1436

13 އޮގަސްޓް 2015
ހޯދާ