މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމުކުރާ 2 ކައުންސިލުގެ މެމްބަރުންނަށް ވުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ވަރަށް ބޭފުޅުން ކުރިމަތި ލައްވާފައިނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ.

ކައުންސިލުގެ ނަން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

ބޭނުންވާ އަދަދު

3 (ތިނެއް) މެޑިކަލް ޕްރެކްޓިޝަނަރުން. (3 (ތިނެއް) މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕްރެކްޓިޝަނަރ ވާންވާނީ، ސްޕެޝަލިސްޓަކަށެވެ. އަދި މަދުވެގެން 1 (އެކެއް) ޕްރެކްޓިޝަނަރ ވާންވާނީ، 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ ޕްރެކްޓިޝަނަރަކަށެވެ.)

1 ޑެންޓަލް ޕްރެކްޓިޝަނަރ

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލުގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާ ކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލުގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލުގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.

ތަޢުލީމާއި ތަޖުރިބާ

އެމް.ބީ.ބީ.އެސް ޑިގްރީ 30 މާކްސް                       

ސްޕެޝަލިސްޓް ޑިޕްލޮމާ 40 މާކްސް

ސްޕެޝަލިސްޓް ޑިގްރީ 55 މާކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ 75 މާކްސް

ޞިއްޙީ ދާއިރާއާ ގުޅުންހުރި އެހެނިހެން ތައުލީމީ ސެޓްފިކެޓްތައް:

ޑިޕްލޮމާ ލެވެލް 05 މާކުސް

ޑިގްރީ ލެވެލް 10 މާކުސް

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ 15 މާކުސް

މާސްޓަރސް ލެވެލް 20 މާކުސް

ޕީ.އެޗް.ޑީ ލެވެލް 30 މާކުސް

1 ޑެންޓަލް ޕްރެކްޓިޝަނަރ

ތައުލީމީ ތަޖުރިބާ

ބީ.ޑީ.އެސް ޑިގްރީ 30 މާކްސް

ސްޕެޝަލިސްޓް ޑިޕްލޮމާ 40 މާކްސް

ސްޕެޝަލިސްޓް ޑިގްރީ 55 މާކްސް

ސަބް ސްޕެޝަލިސްޓް ޑިގްރީ 75 މާކްސް

މަސައްކަތުގެ ތަޖުރިބާ (3 މެޑިކަލް ޕްރެކްޓިޝަނަރ)

- މަދުވެގެން 5 އަހަރުދުވަހުގެ ކްލިނިކަލް ތަޖުރިބާ ހުރުން.

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރ ނުވަތަ ޑެންޓާލް ޕްރެކްޓިޝަނާރއެއް މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރެއްގެ ގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރެއްގެ ގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

12 އަހަރަށްވުރެ މަތީ ތަޖުރިބާ 60 މާކްސް (މަދުވެގެން 5 އަހަރު ދުވަހުގެ ކްލިނިކަލް ޑޮކްޓަރެއްގެ ގޮތުގައި މަދުވެގެން 25 އެނދުގެ ހޮސްޕިޓަލްއެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)

1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ 1 ޕެރެކްޓިޝަނަރ ހޮވުން

މަސައްކަތުގެ ތަޖުރިބާ  (ޑެންޓަލް ޕްރެކްޓިޝަނާރ)

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް

12 އަހަރަށްވުރެ މަތި ތަޖުރިބާ 60 މާކްސް

  • އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރު ވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ އިންޓަވިއު ކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
  • ސްޕެޝަލިސްޓް ޑިގްރީ އަދި ސަބް ސްޕެޝަލިސްޓް ޑިގްރީ ކަމަށް ބެލެވޭނީ މޯލްޑިވްސް މެޑިކަލް ކައުންސިލުގައި އެ ޑިގްރީއެއް ލެވެލް ކުރެވިފައިވާ ގޮތަށެވެ.

މަޤާމައް ކުރިމަތިލާ  މެމްބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލުގެ މެމްބަރު ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުނެ.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަގާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް
  4. އައި.ޑީ.ކާޑުގެ ކޮޕީ
  5. ސީވީ
  6. އަތޮޅު ތެރޭގައި މަސައްކަތްކޮށްފައިވާ ނަމަ، ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ފަދަ ސަރުކާރުގެ ލިޔުމެއް

ކައުންސިލުގެ ނަން

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް

ބޭނުންވާ އަދަދު

ދިވެހި ރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރެއިން މަސައްކަތްކުރާ 6 މީހުން

އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނެނީ އަންނަނިވި ގިންތީގެ ޕްރޮފެޝަނަލުން.

  • ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުން
  • ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓް
  • ކޮމިއުނިޓީ ހެލްތް ޕްރޮފެޝަނަލް
  • ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުން
  • މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުން
  • ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލުން
  • ފާރމަސީ ޕްރޮފެޝަނަލުން.
  • ޑަޔަޓީޝަނުން އަދި ނިއުޓްރިޝަނިސްޓުން.
  • މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުން.
  2. ކައުންސިލުގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާ ކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  4. މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
  5. މީގެ އިތުރުންވެސް މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލުގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.

ތަޢުލީމާއި ތަޖުރިބާ

މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކުން ހޯދައްވާފައިވާ ތަޢުލީމީ ސެޓްފިކްޓްތައް

  • އެޑްވާންސް ސެޓްފިކެޓް ލެވެލް 10 މާކްސް (ޓެރެޑިޝަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެޝަނަލްގެ ދާއިރާއަށް އެކަނި)

ޑިޕްލޮމާ 20 މާކްސް

ޑިގްރީ 30 މާކްސް

ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 40 މާކްސް

މާސްޓަރ ޑިގްރީ 50 މާކްސް

ޕީ.އެޗް.ޑީ 75 މާކްސް

ޞިއްޙީ ދާއިރާއާ ގުޅުންހުރި އެހެނިހެން ތަޢުލީމީ ސެޓްފިކެތައް:

ޑިޕްލޮމާ ލެވެލް 05 މާކުސް

ޑިގްރީ ލެވެލް 10 މާކުސް

ޕޯސްޓްގްރެޖުއޭޓް 15 ޑިޕްލޮމާ

މާސްޓަރސް ލެވެލް 20 މާކުސް

ޕީ.އެޗް.ޑީ ލެވެލް 30 މާކުސް

މަސައްކަތުގެ ތަޖުރިބާ (ދާއިރާގެ މަސައްކަތުގެ ތަޖުރިބާ)

5 އަހަރު ދުވަހުގެ ތަޖުރިބާ 30 މާކްސް

7.5 އަހަރު ދުވަހުގެ ތަޖުރިބާ 40 މާކްސް

10 އަހަރު ދުވަހުގެ ތަޖުރިބާ 50 މާކްސް

12 އަހަރައް ވުރެއް މަތި ތަޖުރިބާ 60 މާކްސް

  • އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކްސް އެއްވަރު ވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ އިންޓަވިއު ކޮށްގެން އެންމެ މަތީ މާކްސް ލިބޭ ފަރާތެކެވެ.
  • ހުށަހަޅުއްވާ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައި ވާންވާނެއެވެ.

މަޤާމަށް ކުރިމަތިލާ  މެމްބަރުންގެ ޝަރުޠުތައް

  • ދިވެހި ރައްޔިތެއްކަމުގައި ވުން.
  • ކައުންސިލުގެ މެމްބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
  • ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތް ދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
  • ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
  • ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
  2. ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
  3. މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް
  4. އައި.ޑީ.ކާޑު ކޮޕީ
  5. ސީވީ

ސުންގަޑި

23 އޮގަސްޓު 2015  ވާ އާދީއްތަ ދުވަހު 2:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ.

ނޯޓު: މަތީގައި ބަޔާންކޮށްފައިވާ ކައުންސިލުތަކުގެ މެމްބަރުންނަށް ވުމަށް 22 ޖުލައި 2015 މި ތާރީޚުގައި ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ފަރާތްތައް، މި އިޢުލާނާ ގުޅިގެން އަލުން ކުރިމަތިލައްވަން ނުޖެހޭނެއެވެ.

16 އޮގަސްޓް 2015
ހޯދާ