ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޭބީ

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އޭބީ

ޢަދަދު: 01

ކޮންޓްރެކްޓް މުއްދަތު: 09 މަސްދުވަސް

އަސާސީ މުސާރަ: 6425.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެމް ޓީ އަލިހުރަސް

އެހެނިހެން އިނާޔަތްތައް:

  • ފިކްސްޑް އޯވަރޓައިމް އެލަވަންސް: 3212.50 ރުފިޔާ
  • ޓޭންކަރ އެލަވަންސް: 963.75 ރުފިޔާ
  • ލީވްވޭޖަސް: 6425.00 ރުފިޔާ ކޮންޓްރެކްޓް ފުރިހަމަކުރުމުން
  • ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުން ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އާގު ބޯޓް ފަހަރުގެ ޑެކް ޑިޕާރޓްމަންޓްގައި މަސައްކަތްކުރުން
  • ދުވަހުން ދުވަހަށް ކުރަން ޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • އެޑްވާންސް އޮއިލް ޓޭންކަރ ސެޓްފިކެޓް/ ސީއޯސީ/ ކޮންޓިނިއުއަސް ޑިސްޗާރޖް ސެޓްފިކެޓް/ ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީޒް/ އެލިމެންޓްރީ ފަރސްޓް އެއިޑް ސެޓް
  • ފިކެޓް/ ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ ސެޓްފިކެޓް/ ޕާރސަނަލް ސަރވައިވަލް ޓެކްނީކްސް ފުރިހަމަކޮށްފައިވުން
  • މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/މެޑިކަލް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:3344272، ފެކްސް: 3344341، ވެބްސައިޓް: www.stomaldives.com                                                                                                                      

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ